Ad
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު--
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު--

ސިޔާސަތުތައް ތަންފީޒުކުރާނީ އެއްވެސް މަސްވެރިޔަކު ބާކީ ނުކޮށް: ޝާފިއު

ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމާ ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް މަސްވެރިޔަކު ބާކީ ނުކުރާނެ ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޝާފިއު ވިދާޅުވީ، މި ސަރުކާރުން މަސްވެރިކަމުގެ ލާބައަށް ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވެސް މުހިންމު ކަންކަން ހިމަނާފައިވާ ކަމަށެވެ.

ރާއްޖޭގައި އެކި ބާވަތްތަކުގެ މަސްވެރިކަން ކުރާ ފަރާތްތައް އުޅޭކަން ފާހަގަކުރައްވައި ޝާފިއު ވިދާޅުވީ، ސިޔާސަތުތައް ކަނޑައަޅާނީ މަސްވެރިންނަށް ފައިދާވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ސިޔާސަތު ތަންފީޒުކުރުމުގައި އަޅުގަނޑުމެން ބަލާނީ ރާއްޖޭގެ އެއްވެސް މަސްވެރިޔަކު އެއީ ކޮންމެ ފަދަ މަސްވެރިކަމެއްކުރި ނަމަވެސް އެއްވެސް މަސްވެރިޔަކު ބާކީ ނުކޮށް އަދި ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާ މީހުންވެސް ސާމިލްވާ ގޮތައް އަދި އެކަމުން މަންފާ ލިބޭ ގޮތަށް ހަރުދަނާ ސިޔާސަތުތަކެއް ގާއިމްކުރުމަށް" ޝާފިއު ވިދާޅުވިއެވެ.

ޝާފިއު އިތުރަށް ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާ މަސް ކިރުމަށް ހުރި ދަތިތަކާއި ފައިސާގެ ދަތިތަކަށްވެސް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *