Ad

ޕީޕީއެމް/ޕީއެންސީގެ އިހަވަންދޫ ދާއިރާގެ ރައީސް އަހުމަދު ނަސީރު މަޖިލީހަށް ވާދަކުރައްްވަނީ!

ޕީޕީއެމް/ޕީއެންސީގެ އިހަވަންދޫ ދާއިރާގެ ރައީސް އަހުމަދު ނަސީރު މަޖިލީސް އިންތިހާބުގެ ޕުރައިމަރީގައި ވާދަކުރައްވަން ފޯމު ހުށައަޅުއްވައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަސީރަކީ އިހަވަންދޫ ދާއިރާގައި ޕީޕީއެމް އާލާކޮށް ނެގެހެއްޓުމުގައި އެންމެ އިސްދައުރެއް އަދާކުރި ފަރާތެވެ. މިގޮތުން އެމްޑީޕީގެ ވެރިކަމުގައި އިހަވަންދޫ ދާއިރާގައި ވަޅުޖެހިފައިއޮތް ޕީޕީއެމް ނަގާ ކޮޅަށްޖަހައި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް އިހަވަންދޫގެ ކައުންސިލްގެ 7 ގޮނޑީގެ ތެރެއިން 6 ގޮނޑި ޕީޕީއެމަށް ހޯއްދަވައިދެއްވިއެވެ. އަދި ދާއިރާގެ ރަށްރަށުގައި ޕީޕީއެމް ކުރިއަރުވަން ރަށްރަށުގައި ޖަގަހަތައް ހަދައި އަމިއްލަ ހަރަދުގައި އެތަންތަނުގައި ވަސީލަތްތައް ޤާއިމްކޮށްދެއްވިއެވެ.

އަދުމަދު ނަސީރު ފާހަގަކުރެވިފައިވަނީ ދާއިރާ މީހުންނާ ގާތްގުޅުމެއް އޮންނަ ދާއިރާއަށް ފަރިތަ ބޭފުޅެއްގެ ގޮތުގައެވެ. އަދި ދާއިރާގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.

ޕީޕީއެމް/ޕީއެންސީގައި ނަސީރާ އެންމެ ވާދަކުރާނެ ކަމަށްބެލެވެނީ ރާއްޖޭގެ ބޮޑެތި ހުރިހާ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަށްފަހު މިވަގުތު ޕީޕީއެމްގައި ހުރި މުހައްމާ ކަލޯއެވެ. ޕީޕީއެމްގެ ދާއިރާ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައިވެސް ވާދަކުރެއްވީ މި ދެބޭފުޅުންނެވެ. ބޮޑު އަޤުލަބިއްޔަތަކާއެކު އެ އިންތިހާބު ކާމިޔާބުކުރީ ނަސީރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *