Ad

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއްނެތް!

މިއަދަކީ ރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމާފައިވަނީ މާލޭގައެވެ. މިިގޮތުން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ހާއްސަ ފޯރަމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ. މިއީ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޤައުމީ ފެންވަރުގައި ފާހަގަ ކުރާ ފުރަތަމަ ދުވަހެވެ.

މިދިޔަ 15 ވަރަކަށް އަހަރު މަސްވެރިން ކުރަމުން އައީ ހަމަ އެއް ޝަކުވާތަކެވެ. މަސް ކިރުމުގައި ދިމާވާ ދަތިތަކުގެ މައްސަލައެވެ. މަސް ނުކިރުމުގެ މައްސަލައެވެ. ކިރާ މަހަށް ފައިސާ ލިބުން ލަސްވާ މައްސަލައެވެ. އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތުގެ ވާހަކައެވެ. އައިސް ނުލިބުމުގެ ޝަކުވާއެވެ. ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ މި ޝަކުވާތައް އަޑުއަހައި މިކަންތައްތައް ހައްލުކޮށްދެއްވާނެކަމަށް ވައުދުވެގެންނެވެ. ނަމަވެސް މިކަމަށް އެއްވެސް ހައްލެއް ނުލިބެއެވެ. ޝަކުވާތައް ހުރީ ހަމަ އެގޮތުގައެވެ.

މަސްވެރިންގެ ދުވަސް މިއަދު ކުރިމަތިލިއިރު މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ނުހަނު ގިނައެވެ. އެންމެ ބޮޑު މައްސަލަޔަކީ މަސްވެރިން ބާނާ މަހަށް ފައިސާ ލިބުމުގައި ގިނަ ދުވަސްތަކެއް ވުމެވެ. މިހާރުވެސް 140 މިލިޔަން ރުފިޔާ މަސްވެރިން ކިރި މަހަށް ސަރުކާރުން ދަރާފައި އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަސްވެރިންގެ ގުންޒަރުގައި ހާމަކުރައްވާފައެވެ. މިއީ މީގެ މަހެއްހާ ދުވަސް ކުރިން ކިރާފައިވާ މަހެވެ. މިފްކޯގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް ފައިސާ ދިނުމުގައި މަހެއްހާ ދުވަސް ހޭދަވާކަމަށް މަސްވެރިން ބުނެއެވެ.


މަސްވެރިންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ސަރުކާރުން ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުގައި މަސްވެރިން އަދާކުރާ ދައުރާއި، މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހެއްގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރަންފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. އޭރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އައީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން ޑިސެމްބަރ 10 ވަނަ ދުވަހު ފާހަގަކުރަމުން އައި މަސްވެރިންގެ ދުވަސް އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާގޮތަށް ބަދަލުކުރެއްވިއެވެ. ނަމަވެސް އޭގެފަހުން 2013 ވަނަ އަހަރު ކުރިން އޮތް ގޮތަށް ޑިސެމްބަރ 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމުގައި ސަރުކާރުން އަލުން ހަމަޖެއްސެވިއެވެ.

ގުޅުންހުރި ލިޔުންތައް
ފޮޓޯ
ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން މަރްޙަބާ ދަންނަވަނީ. ރައީސް ނިލަންދޫއަށް ފައިބާވަޑައިގަތީ ވާރޭވެހެމުންދިޔަ ވަގުތެއްގައިކަމަށް ވީނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެ ތިބި. މިރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއް ރައީސް ވަނީ އިޢުލާންކުރައްވާފައި.
ފޮޓޯ
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާ، އެމްޑަބްލިއުއެސްސީ އިން މިއަދު ސޮއިކުރަނީ. 282 މިލިއަން ރުފިޔާގެ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިމޭއިރު އައްޑޫ ސިޓީގެ އާބާދީއަށް ބޭނުންވާނެ މީރު ފެން އެ ސިޓީގައި އުފައްދަމުންދާނެ. އަދި ފެން އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، މިހާރު ކުރިމަތިވަމުންދާ ދަތިތައް އެކީ ހައްލުވެގެން ދާނެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދަނީ ދެމުން.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *