ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީން) މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، ހުރިހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ފޮނުވައިފިއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެމްޓީޑީން އެކްސްގައި ނެރެފައިވާ މެސެޖެއްގައި ބުނެފައިވަނީ، ޒަމާނުންސުރެ ދިވެހިރާއްޖޭގެ ހަގީގީ ވެރިންނަކީ މަސްވެރިން ކަމަށެވެ.
މިގޮތުން މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަސްވެރިންނަށާއި އޮޑިވެރިންނާއި، ކެޔޮޅުންނަށާއި މަސްވެރި އާއިލާތަކުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރާކަމަށް އެމްޓީޑީގެ މެސެޖުގައި ވެއެވެ.
ޒަމާނުންސުރެ ދިވެހިރާއްޖޭގެ ހަގީގީ ވެރިންނަކީ މަސްވެރިންނެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަސްވެރިންނަށާއި އޮޑިވެރިންނާއި، ކެޔޮޅުންނަށާއި މަސްވެރި އާއިލާތަކުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަމެވެ. pic.twitter.com/EOXI4PZrtH
— Maldives Third-Way Democrats (@MTDSecretariat) December 10, 2023
ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން އެމްޓީޑީން މަސްވެރިންގެ އަގުވަޒަންކޮށް ދުވަހުގެ ތަހުނިޔާ ކިޔާފައިވާއިރު ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެއްވެސް ޕާޓީއަކުން އަދި މިހާތަނަށް މަސްވެރިންގެ ދުވަހާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.