ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނޭކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ) އިއުލާނުކުރައްވައިފިއެވެ.
އެކްސްގައި އަބްދުއްރަހީމް ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ނިންމައިފި ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތައީދު ދެއްވުމަށް އެދޭކަމަށެވެ. އަދުރޭގެ ގާތް މީހުން ބުނާގޮތުން އަދުރޭގެ ވިސްނުން ހުރީ ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމު ފުރުއްވުމެވެ.
بسم اللہ الرحمن الرحیم
2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ.ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިޚްލާަޞްތެރިކަމާާއެކު އެދެމެވެ.— Abdul Raheem Abdulla (@Banafsaa) December 11, 2023
One Response
ލ ފޮނަދޫ ދާއިރާ ގެ ގޮނޑި ހޯދަން ތުލުސްދޫ ދާއިރާ ޤުރުބާން ކުރާ ވާހަކަ އަޑުއިވޭ