Ad

ޚިދުމަތްތެރި ކެޔޮޅަށް މިފަހަރު ލިބުނީ ޒުވާނުން ތަމްރީންކޮށް މަސްވެރިކަމަށް ނެރުމުގެ އެވޯޑް!

ޒުވާނުން ތަމްރީންކޮށް މަސްވެރިކަމަށް ނެރެފައިވާތީ ހއ އިހަވަންދޫ ގުރަހަ އިބްރާހިމް ރަޝީދަށް ޚާއްސަ އެވޯޑެއް ސަރުކާރުން ދީފިއެވެ.

މިއެވޯޑް ކެޔޮޅު ރަޝީދާ ހަވާލުކުރެއްވީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ކެޔޮޅު ރަޝީދު ވަނީ ޒުވާނުން މަސްވެރިކަމަށް އަހުލުވެރި ކުރުވުމުގެ ގޮތުންނާއި އެފަރާތްތަކުން މަސްވެރިކަމަށް ނެރުމަށް ރަށު ފެންވަރުގައި ޕްރޮގްރާމްތައް ހިންގުމުގައި މާލީ ގޮތުންނާއި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އަމިއްލައަށް އިސްގަނައިގެން ރަށުގެ އެތައް ކެޔޮޅުންނެއް އިބްރާހިމް ރަޝީދުގެ މޭސްތިރި ކަމުގެދަށުން ތަމްރީން ކޮށްފައިވެއެވެ.

ރަޝީދުގެ މަސައްކަތް ސަރުކާރުން ބަލައިގަނެ މަސްވެރިކަމުގެ ދާއިރާއިން ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން މިއަހަރު މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި އިބްރާހީމް ރަޝީދަށް ވަނީ ޤައުމީ އިނާމު ލިބިފައެވެ.

 

"އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެނީ ޒުވާނުން މިދާއިރާއަށް ނެރެ މި މަސައްކަތް ވީހާވެސް ފުޅާކުރުން. ވީހާވެސް ގިނަ ކެޔޮޅުން އުފެއްދުން. އަޅުގަނޑަށް އެނގިފައިވާއެއްޗެއް އެހެން ކުދިންނަށް ކިޔާދިނުން. އަޅުގަނޑުގެ ވިސްނުމަކީ ލާރިބެހުމުގައިވެސް ޒުވާނުންނަށް އިސްކަން ދިނުން." ކެޔޮޅު ރަޝީދު ބުންޏެވެ.

ރަޝީދުގެ ކެޔޮޅުކަމުގެ ދަށުން އެއްދަތުރުން އެންމެ ގިނައިން ބޮޑުކަންނެލި ބޭނުމުގެ ރިކޯޑް ވަނީ މުގުރާލާފައެވެ. މި ރިކޯޑް ހެދީ މިދިޔަ އަހަރުގެ ނޮމެމްބަރު މަހު ފަހުކޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *