Ad

ޕީޕީއެމް/ޕީއެންސީ ތިމަރަފުށީ ދާއިރާގެ ޓިކެޓް ސަންޓޯއަށް!

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓު އިބްރާހީމް ސަނާހް (ސަންޓޯ) ކަށަވަރު ކުރައްވައިފިއެވެ.

ޓިކެޓް ސަންޓޯ ކަށަވަރުކުރެއްވީ އެ ދާއިރާގެ ޓިކެޓު ހޯދުމަށް އެކޯލިޝަނުން އިތުރު މީހަކު ކުރިމަތިލައިފައި ނުވާތީއެވެ.

ސަންޓޯއަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވުމަށް ވަރަށް ބުރަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން އަމަލީ ގޮތުންނާއި މާލީގޮތުން ބޮޑެތި ހޭދަތަކެއް ކުރެއްވިއެވެ. މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި އެންމެ ވާދަވެރިކޮށް ފެނުނު އެއްގޮނޑިއަށް ޓިކެޓް ހޯދުމަށް ސަންޓޯއާ ވާދަކުރަން އެެހެން ކެންޑިޑޭޓެއް ނެތުމަކީ އޭނާގެ މަސައްކަތް ބަލައިގަތްކަމުގެ ސާފު ހެއްކެކެވެ.

އިބްރާހިމް ސަނާހު "ސަންޓޯ" ފާހަގަވެފައިވަނީ ދާއިރާގެ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރައްވާ ރައްޔިތުންގެ ތެރޭގައި މަގުބޫލު ސިޔާސީ ލީޑަރެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *