ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ ޓިކެޓް ލިބޭ ފަރާތްތައް އިއުލާންކޮށްފިއެވެ.
އެމްޑީޕީޣޭ ރަސްމީ ވެބްސައިޓްގައިވާ ގޮތުން ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބެނީ 36 ފަރާތަކަށެވެ. މީގެތެރެއިން ގިނައީ މިހާރުވެސް މަޖިލީހުގެ އެމްޑީޕީ ތަމްސީލްކުރާ މެމްބަރުންނެވެ. އަދި މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ބަދަލުގައި އެހެން ފަރާތްތަކަށް ވަނީ ޓިކެޓް ލިބިފައެވެ.
20 ވަނަ ރައްޔިތުންގެ މަޖްލީހުގެ އެމް.ޑީ.ޕީ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިކަންފާޅުކުރި ފަރާތްތަކުގެ ތެރެއިން އެއްކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކުގެ ނަންތައް އިޢުލާންކުރުންhttps://t.co/cdDx7El7Hq
— MDP Secretariat (@MDPSecretariat) January 3, 2024
މިފަރާތްތަކަށް ޓިކެޓް ކަށަވަރުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލި މުއްދަތުގައި އެދާއިރާއަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއް ކެންޑިޑޭޓަަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޤައުމީ މަޖްލީހުން ނިންމުމާއި އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމަވާގޮތެއް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށެވެ.