Ad

މި ސަރުކާރުން ގަތް އެންމެ މަސް ކިލޯއަކަށްވެސް އަދި ލާރި ނުދޭ! 250 މިލިޔަން ރުފިޔާއިން މަސްވެރިންނަށް ދަރާފަ!

މަސްކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ހަޤީޤަތަކީ މިއީ މިފްކޯގެ ތާރީހުގައިވެސް މަސްވެރިން އަތުން ގަތް މަހަށް ފައިސާ ނުދީ އެންމެ ގިނަދުވަސްވީ ފަހަރެވެ. މިފްކޯއިން އެންމެ ފަހުން ފައިސާ ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ކިރާފައިވާ މަހަށެވެ. މާނައަކީ ނޮވެމްބަރު 8 ގެ ފަހުން މަސްވެރިންގެ އަތުން ގަތް އެއްވެސް މަސްކިލޯއަކަށް މިފްކޯއިން ފައިސާއެއް ނުދެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް އެތައް ހާސް ޓަނުގެ މަހެއް ގަތެވެ. ފާއިތުވި ދެ މަސްދުވަހުގަތް ގިނަ މަސްތައް އެކުންފުންނިން ވަނީ ރާއްޖެއިން ބޭރަށް ވިއްކާފައެވެ. މިފްކޯއިން ވިއްކި މަހަށް ފައިސާ ނުލިބިގެން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ނެތެވެ. ނަމަވެސް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ދެވޭނެ ދުވަހެއްވެސް މިފްކޯއިން އަދި ނުބުނެއެވެ. މިކަމުގެ އެއްވެސް ޕްލޭނެއްވެސް ނެތެވެ. މިކަމާ މަސްވެރިން ތިބީ ވަރަށް ކަންބޮޑުވެފައެވެ. އެމީހުންގެ ޝުޢޫރުތަައް ދަނީ ބަނޑުންކުރަމުންނެވެ. ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް އެންމެ ބޮޑު ތާއީދެއް ލިބުނު ތ. ގުރައިދޫ މަސްވެރިންވެސް މިހާރު ތިބީ އެމީހުން ކުރި ބުރަ މަސައްކަތުގެ އުޖޫރަ ހޯދަން ނިކުންނާށެވެ.

މައުލޫމާތު ލިބޭގޮތުގައި މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ އަދަދު 250 ވަރަކަށް މިލިޔަން ރުފިޔާއަށް އަރައެވެ. މަސްވެރިންނަށް ފައިސާ ނުދޭތާ ދެމަސް ވަނީއެވެ.

ކުރިން އެސްޓީއޯގެ ދަށުން ހިނގަމުން އައި މިފްކޯ ސަރުކާރުގެ 100 ހިއްސާވާ ކުންފުންޏަކަށް ރައީސް ޑރ. މުއިއްޒު ވަނީ ބަދަލުކުރައްވާފައެވެ. ނަމަވެސް ހެޔޮ ބަދަލެއް އަދި ނުފެނެއެވެ.

މަސްވެރިން ބުނަމުން ދަނީ އެމީހުން ކުރި ބުރަ މަސައްކަތުގެ އަގު ދިނުމަށެވެ. މިކަމާ ދައްކާނެ އިތުރު ބަހަނާއެއް ނެތެވެ. ކުރި މަސައްކަތުގެ އުޖޫރަ ނުލިބި މަސްވެރިން ދަރަނިވެރިވެއްޖެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *