Ad

ޕީއެންސީގެ ޕްރައިމަރީ އަނެއްކާ ވެސް ފަސްކޮށްފި

ޕީއެންސީ އިން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

ޕީއެންސީ އިން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ ޑިސެމްބަރު 23 ވަނަ ދުވަހުއެވެ. ނަމަވެސް ޑިސެމްބަރު 15 ދުވަހު ޕީއެންސީ އިން ވަނީ އެ ޕާޓީގެ ޕްރައިމަރީ ޖެނުއަރީ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓުން ތިބި ވަޓްސްއަޕް ގުރޫޕްގައި  އިއްޔެ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ "ޕްރައިމަރީ ބާއްވާ ތާރީހް 27 ޖެނުއަރީ އަށް ބަދަލުވެދާނެ ވާހަކަވެސް ދެންނެވިން" ކަމަށެވެ.

މިމެސެޖުގައި އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓާއި އަދި ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓް އާންމުކުރެވޭނެ ކަމަށެވެ.

ޕީއެންސީގެ ޕްރައިމަރީ އަނެއްކާވެސް ފަސްކުރަން ނިންމާ ކެނޑިޑޭޓުންނަށް އެންގި ނަމަވެސް އެ ޕާޓީން އަދި ރަސްމީކޮށް އެކަން އިއުލާންކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *