މަސްވެރިންނަށް މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ހޯދަން މަސްވެރިން ކޫއްޑޫގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މަސްވެރިންނަށް ފައިސާ ނުދޭތާ 2 މަހަށްވުރެ ގިނަ ދުވަސްވަފައިވާއިރު މަސްވެެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާގެ އަދަދު 300 މިލިޔަން ރުފިޔާއާ ގާތްކުރެއެވެ. މިވަގުތު ކޫއްޑޫގައި ކުރަމުންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ ދެކުނުގެ މަސްވެރިންނެވެ. މިވަގުތު ކޫއްޑޫގައި ހުރި ދެކުނުގެ ކެޔޮޅަކު ބުނީ މުޒާހަރާ ހުއްޓާލާނީ އެމީހުންނަށް ދޭންޖެހޭ ފައިސާ ދިނުމުން ނުވަތަ ފައިސާ ލިބޭނެ ދުވަހެއް އެނގުމުން ކަމަށެވެ. މަސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުލިބޭނަމަ މުޒާހަރާ އިތުރަށް ވަރުގަދަކޮށް ފެލިވަރުގައިވެސް މުޒާހަރާ ފަށާނެކަމަށް ކެޔޮޅު ބުންޏެވެ.
ގިނަ ދޯނިފަހަރުން މިހާރު ދަނީ ކޫއްޑޫފަޅުގައި މިހާރު ހަރަކާތްތެރިވަމުންނެވެ،. އަދި މުޒާހަރާގައި ބައިވެރިވުމަށް އިތުރު ދޯނިފަހަރު ކޫއްޑޫއަށް ދަތުރު ކުރަމުންދާ ކަމަށް މައުލޫމާތުލިބެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު 17 ރުފިޔާއިން 25 މަހުގެ އަގު ބޮޑުކުރިއެވެ. އޭގެފަހުން 25 ރުފިޔާއަށް ގަންނަމުން އައި މަސް ކިލޯއެއް މިދިޔަ ހަފްތާގައި ވަނީ 20 ރުފިޔާއަށް ކުޑަކޮށްފައެވެ. މަސްވެރިންނަށް ރައީސް މުއިއްޒު ވީ އެންމެ ބޮޑު ވައުދަނީ 20 ރުފިޔާއަށްވުރެ މަސްކިލޯއެއްގެ އަގު ދަށް ނުކުރުމަށާއި ކިރާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދިނުމެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، މަސްވެރިން ބާނާ ބަހަށް ވަގުތުން ފައިސާ ދިނުމުގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.