މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައި ގުޅިގެން ގެއްލުންވަމުންދާތީ މަދަމައަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
“މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ 2 މާރިޗް 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި.“ މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ކުރެއްވި ޓްވީޓްގައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސަރައިގައި މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. ފެން ހިންދުމުގެ މަސައްކަތް ރައްޔިތުންނާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ އޮރެންޖް އެލާޓް ނެރެފައެވެ.




