Ad

ލޯނު ދޫކުރުން ހުއްޓާލި ވާހަކަ އެސްޑީއެފްސީ އިން ދޮގުކޮށްފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އާއްމުކުރަމުން ދަނީ ދޮގު ވާހައެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި އެ ކޯޕަރޭޝަނުން ބުނީ، ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައިވެެއެވެ.

އެ ކޯޕަރޭޝަނުން ލޯނު ދޫކުރަމުންދާ ދާއިރާތަކަށް ތެރެއަށް އިތުރު ކެޓެގަރީތައް ވެސް އިތުރުކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، "ކަނޑުފަޅު ނަފާ" ގެ ތެރެއިން ފަރު މަސްވެރިކަމަށް ހާއްސަ ކެޓެގަރީއަކެއް ހިމެނިފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން ބުނީ އިތުރުކުރެވުނު ދާއިރާއާއި، "ދަނޑުވެރި ނަފާ" ލޯނު ޕްރޮޑަކްޓް އަދި އަންހެނުން ޝާމިލްވާ ވިޔަފާރިތަކަށް "ފަށާ މަދަދު" ގެ ލޯނު ޕްރޮޑަކްޓްގެ ދަށުން މިހާރުވެސް ލޯނަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ލޯނަށް ހުށަހެޅޭނީ އެ ކޯޕަރޭޝަންގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްވެސް އެ ކޯޕަރޭޝަނުން އަންނަނީ ލޯން ދޫކުރަމުންނެވެ. އަދި މިއަހަރުގެ މިހާ ހިސާބަށްވެސް ގިނަ ފަރާތްތަކަކުން ލޯނަށް އެދެމުންދާކަން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *