ނަރީޝް، މާލެ ސިޓީ ކައުންސިލްގައި ތަމްސީލް ކުރައްވަމުން ގެންދެވީ މާފަންނު މެދު ދާއިރާއެވެ.
ނަރީޝް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ. ނަރީޝް ވަނީ އިސްތިއުފާގެ ސިޓީ ވެސް އާންމު ކުރައްވައިފައެވެ.
ނަރީސް ސިޓީ ކައުންސިލުގައި ތަމްސީލު ކުރައްވަމުން ގެންދެވީ މާފަންނު މެދު ދާއިރާ އެވެ. އިސްތިއުފާގެ ސިޓީގައި ވަނީ އޭނާއަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރީސް އިސްތިއުފާ ދެއްވީ ސަރުކާރުގެ މަޤާމަކާ ހަވާލުވެވަޑައިގަތުމަށެވެ. ރައީސް ޑރ. މުއިއްޒް ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނާއެކު ސިޓީކައުންސިލްގައި އުޅުއްވި ބައެއް ކައުންސިލަރުންނަށް ސިޔާސީ މަޤާމްތައް ދެއްވިއެވެ.





One Response
ރާއްޖޭގައި ކިޔަވައިންގެން ތިބި މީހުންނައް ފުރުސަތެއް ނެތް. ކިޔަވި ސްކޫލް ނެތް އަޑުގަދަ، އައުގުރުއާނަ ރަނގަޅަށް ގޮވަން އެނގޭ މީހުންނަށް ހުރިހާކަމެއް.