ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނަމަވެސް މި ބޯޓު އަތުލައިގަތީ ރާއްޖޭގެ ކޮން ސަހަރަހައްދަކުންކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ. ބެލެވޭ ގޮތުގައި މި ބޯޓަކީ ލަންކާގެ މަސް ބޯޓެކެވެ. ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުމަށް އަވައްޓެރި ޤައުމުގެ ތަކުގެ މަސްބޯޓުތައް މިދުވަސްވަރު އާންމުކޮށް ވަންނަމުންދާ ކަމަށް މަސްވެރިން ބުނެއެވެ. އެންމެ ގިނައިން ރާއްޖޭގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ވަންނަނީ ސްރީލަންކާއާއި އިންޑިއާގެ މަސް ބޯޓުތެކެވެ. މިފަދަ ބޯޓުތައް ހުއްޓުވައި ރާއްޖޭގެ މަސްދޯނިފަހަރުންވެސް ވަނީ އެ ބޯޓުތައް ކޯސްޓްގާޑާ ހަވާލުކޮށްފައެވެ.




