Ad

"ދިވެހީންނަށް އިސްކަން" – ދިވެހި އުފެއްދުންތަކަށް މާރުކޭޓު ހޯދައިދޭން ޚާއްޞަ އިވެންޓެއް

ދިވެހި އުފެއްދުންތަކުގެ މަގުބޫލުކަން އިތުރުކޮށް، ކުރިއެރުވުމަށްޓަކައި "ދިވެހީންނަށް އިސްކަން" މި ނަމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީން) އިން ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ބީސީސީން ބުނީ މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެކަމަށް ޚާއްސަކޮށް ބީސީސީން އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެއްގައި ކޮންމެވެސް ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށް ކަމަށެވެ. އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށް ދެމިގެންދާނެއެވެ.

މިގޮތަށް އުފެއްދުންތައް ގަނެ ހަދިޔާ ކުރާއިރު އެ ތަން ވީޑިއޯކޮށް ސޯޝަލް މީޑިޔާގައި ބީސީސީ އާއި އުފެއްދުމެއް އުފެއްދި ފަރާތް ޓެގްކޮށް ޕޯސްޓުކުރުމުން ކެންޕޭނުގައި ބައިވެރިވެވޭނެކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

ބީސީސީން ބުނީ މި ކެންޕެއިނުގެ މަގްސަދަކީ ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ މަގުބޫލުކަން އިތުރުކޮށް އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެތަކެއްޗަށް އިސްކަންދީ، އާންމުންގެ ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ. މި ކެމްޕޭނުގައި ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ފަންނުވެރިންގެ ކޮންމެ އުފެއްދުމެއް ވެސް ބޭނުން ކުރެވޭނެއެވެ.

މި ކެންޕޭން ކުރިއަށް ގެންދަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބަހައިލައިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *