ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިއެވެ. ސަރުކާރުން ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ މެއިމަހު ފެއްޓިނަމަވެސް، އެ މަސައްކަތް ހުއްޓާލަން ޖެހުނީ އެމްޓީސީސީގެ ޑްރެޖަރަށް މައްސަލަތަކެއް ދިމާވުމުންނެވެ.
ޑްރެޖަރަށް މައްސަލަތަކެއް ދިމާވެގެން ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލް ޖަހާ، ވެލިއެޅުން ފިޔަވާ އެހެން ހުރިހާ މުހިންމު މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މަސައްކަތް އަލުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓުމަހުގައެވެ.
150 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މި މަޝްރޫޢުގެ ދަށުން ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާފައިވާ ސަރަޙައްދުގެ އެންމެ ކޮޅުގައި ބީޗެއް ހެދުމަށް ނިންމާފައިވާ ވެސް އެމްޓީސީސީއިން ބުނެއެވެ.
ބާރަ ސަތޭހައެއްހާ މީހުން ދިއިއުޅޭ ހިިރިލަންދޫގެ މައިގަނޑު މަަސައްކަތަކީ މަސްވެރިކަމެވެ. އެރަރަށީ އެންމެ ފުޅާކޮށް ހިކިކަނޑުމަސް ހެދުމާއި ވެކުއުމް މަސް ހެދުމާއި ރިހާކުރު ހަދާ ރަށެވެ. މީގެއިތުރުން އޮޑިދޯނިފަހަރު ބަނުމާއި ލޯންޗްފަހަރު ބަނުމަކީވެސް އެރަށުގައި ވަރަށް ފުޅާކޮށް ކުރަމުންދާ ކަމެކެވެ.




