ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނެރެން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑުކޮށްފިއެވެ.
ޤަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ނެރުނު މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ފުލުހުންނަށް ހުށައެޅުމުން މި މައްސަލައިގެ ތުހުމަތުހައި ދެމީހަކު ހައްޔަރުކުރިއެވެ. އެއީ މ. ސިލްވާނެސްޓް، އަހުމަދު އަފްސަލްއާއި ދަފުތަރު ނަންބަރު ރސ. 14358، ޔޫސުފް ނަޒީރެވެ. މީގެތެރެއިން ޔޫސުފް ނަޒީރަކީ ފުލުހެކެވެ. މި މީހުން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ. ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި ސާޖަންޓް ޔޫސުފް ނަޒީރު ވަނީ، މުސާރަ ނުލިބޭ ގޮތަށް އިއްޔެއިން ފެށިގެން ސަސްޕެންޑުކޮށްފައި ކަމަށެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ކަމަށް ބުނި ނަމަވެސް ސީދާ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.





One Response
ތިޔަބާވަތުކަންތައް ލައުންޖުގައި އުޅޭ މީހުން ހިންގާ، ޑިއުޓީފްރީގެ ބައެއް ސިޔާސީ ހަންފަތުރައިގެބް އުޅޭ މެނޭޖަރުން އެމީހުންގެ ނުފޫޒު ބޭނުންކޮށްގެންވެސް ކުރާކަމަށްވަނީ. މިވެރިން ތިބެނީ ކުދިންނަށް ބިރުދައްކާ ފިތާލައިގެން އުޅެނީ.