ޑޮލަރު މާރުކުރަންކަމަށްބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ޑޮލަރު މާރުކުރަންކަމަށްބުނެ ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އުމުރު: ޢަލީ ޢާޒިމް، ހ. ހަވިއްތަ / މާލެ (43އ)
އައިޑީ ކާޑު ނަންބަރު: A054069
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޙާއި ގަޑި: މ. ދިއްގަރު ޕޮލިސް ސްޓޭޝަން، 2025 އޭޕްރީލް 20 ވަނަ ދުވަހުގެ 13:00 އަށް




