ހެލްތު މިނިސްޓްރީން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި، ރާއްޖޭގެ ސިއްޙީ ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމަށް ޓަކައި 40 ޑޮކްޓަރުންނާއި 70 ނަރުހުން ހޯދަން ބޭނުންވާކަމަށް ބަޔާންކޮށްފައިވެއެވެ. މި މަޤާމުތަކަކީ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކަށް ހޯދާ މަޤާމުތަކެއްކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޑޮކްޓަރުންގެ މުސާރައާއި އިނާޔަތްތަކާއެކު ފަންސާސް ހާސް ރުފިޔާއަށްވުރެ ގިނައިން ލިބޭއިރު ނަރުހުންގެ މުސާރައާއި އިނާޔަތްތަކަށް ސަތާރަހާހަށްވުރެ ގިނަ ރުފިޔާ ލިބެއެވެ.
ޑޮކްޓަރުން ހޯދަނީ މައިގަނޑު 8 ދާއިރާއަކުންނެވެ. އެގޮތުން ޕީޑިއަޓްރިޝަން، އޮފްތަމޮލޮޖިސްޓް، ފިޒިޝަން، އެނެސްތެޓިސްޓް، އޯތޮޕީޑިސްޓް، ސާޖަން، ރޭޑިއޮލޮޖިސްޓް އަދި ގައިނިކޮލޮޖިސްޓެވެ. ކޮންމެ ދާއިރާއަކުން 5 ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފައިވެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 24 އޭޕްރިލް 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.




