Ad

ރައީސްގެ އިންޑިއާ ދަތުރުފުޅު އަންނަ މަހު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް މިމަހުގެ ތެރޭގައި ރައީސް އޮފީހުން ކުރިން ބުނެފަ އެވެ. އަދި ރައީސް މިދަތުރުފުުޅުގައި އިންޑިއާއަށް ވަޑައިގަންނަވާނީ ދެ ގައުމުގެ ލީޑަރުންނަށްވެސް ފަސޭހަ ވަގުތެއްގައި ކަމަަށްވެސް ރައީސް އޮފީހުން އޮތީ ކުރިން ބުނެފަ އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު އިންޑިއާއަށް ދަތުރުކުރައްވަނީ އަންނަ މަހުގެ 7 އިން 9 އަށެވެ.

މިބައްދަލުވުމުގައި ދެ ގައުމުގެ އެންމެ އިސްވެރިންގެ މެދުގައި މުހިއްމު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މުހިއްމު ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ނަމަވެސް ރައީސްގެ މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް މިހާތަނަށް ކުރެއްވީ ރަސްމީ އެންމެ ދަތުރުފުޅެކެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *