Ad

ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ތިން ދުވަހުގެ ޚާއްސަ ހަރަކާތެއް

ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށްޓަކައި 3 ދުވަހުގެ މުއްދަތަކަށް މެންބަޝިޕް ޑްރައިވްއެއް ފަށައިފި އެވެ.

ކޮންގްރެސް ޕާޓީން މި ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 10:30 ގައި އެ ޕާޓީގެ ހަރުގެކަމަށްވާ ކޮންގްރެސް ހައުސްއިންނެވެ.

ކޮންގްރެސް ޕާޓީން ބުނީ މިއީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް މާލެ ސަރަހައްދުގައި ހިންގާ ބޮޑު ހަރަކާތެއް ކަމަށެވެ. އަދި މިއަދުން ފެށިގެން 11 ނޮވެމްބަރު 2024 ވާ ހޯމަދުވަހުގެ ރޭ 22:30 އަށް މި ހަރަކާތް ކުރިއަށް ދާނެކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

މި ހަރަކާތަކީ މިމަހުގެ ނިޔަލަށް 75،000 މެންބަރުން އެ ޕާޓީއަށް ހަމަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިދިޔަ މަހުވެސް ކޮންގްރެސް ޕާޓީން ވަނީ މިފަދަ ދެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އޮކްޓޫބަރު 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތް ފެށުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އެ ޕާޓީއަށް 65،000 މެންބަރުން ހަމަވެފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *