Ad

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމް ހޮސްޕިޓަލްތަކުގައި ގާއިމްކުރަނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭނެ ހޮސްޕިޓަލްތަކެއް ކަނޑައަޅައި އެހޮސްޕިޓަލްތަކުން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ނޭޝަނަލް ޑްރަގްސް އެޖެންސީ، އެންޑީއޭ އިން ބުނެފިއެވެ.

އެންޑީއޭގެ ޗެއާޕާޗަން ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ މިއީ ރާއްޖޭގައި މުޅިން އަލަށް ފަށަން އުޅޭ ކަމެއް ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ބޮޑު ރަށްރަށް ހިމެނޭ އަތޮޅު ހޮސްޕިޓަލުތައް މެދުވެރިކޮށް ފަރުވާ ފަށައި، އެތަންތަނަށް ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭސްވެސް އެންޑީއޭ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ.

ލުބްނާ ވިދާޅުވީ ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭހަކީ އަގު ބޮޑު ބޭހެއް ނަމަވެސް އެއީ ދުނިޔޭގައިވެސް ދެވޭ އެންމެ ރަނގަޅު ބޭސް ކަމަށެވެ. މިބޭހަކީ ފަރުވާ ނަގަމުން އަންނަ މީހާއަށް އެ އަންނަ ވޭނާއި އުނދަގޫ ކަނޑުވައިދޭ ބޭހެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑެތި ހޮސްޕިޓަލްތަކުގައި މެޑިކޭޓަޑް އެސިސްޓަންޓް ޓްރީޓްމަންޓް ފަރުވާތައް ފެށުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ލުބުނާ ވިދާޅުވީ މިނިޒާމް ޤާއިމުކުރެވުމުން ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ފުރުސަތު ޔަޤީންވާނެކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *