Ad

ސީ-ޓު އެއާ ކާގޯ އިން 3 މިލިއަން ޑޮލަރުގެ އާމްދަނީއެއް

ސީ-ޓު އެއާ ކާގޯގެ ހިދުމަތް ފެށިފަހުން 3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފިއެވެ.

މިއަހަރުގެ މެއި މަހު ފެށި ސީ-ޓު އެއާ ކާގޯ ގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެމަގުން އެހެން ގައުމުތަކަށް ފޮނުވުމުގެ ޚިދުމަތް މުޅި ދުނިޔެއަށް ހުޅުވާލުމަށްޓަކައި ފަށާފައިވާ މަސައްކަތެކެވެ. މި ޚިދުމަތުގެ ނެޓުވާކުން މިހާރު ޔޫރަޕަށްވެސް ވަނީ ރާއްޖެ މެދުވެރިކޮށް މުދާ ފޮނުވާފައެވެ. އަދި ގިނަ އެއާލައިން ތަކަކުން މި ނެޓްވޯކާ ގުޅި ޚިދުމަތް ދިނުމަށް ވަނީ އެއްބަސްވެފައެވެ.

އެމްޕީއެލް އިން ހާމަކުރި ގޮތުގައި މިހާތަނަށް ކަނޑުމަގުން ރާއްޖެ ގެނައި 210 ކޮންޓެއިނަރުން 1008000 ކިލޯގެ މުދާ ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ވައިގެ މަގުން ފޮނުވިފަ އެވެ. އެގޮތުން މުދާ ފޮނުވި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ގައުމުތައް ހިމެނެ ކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *