Ad

ރާއްޖެ ސަރަހައްދުން އަތުލައިގަތް ލަންކާ ބޯޓުން 468 ކިލޯގެ މަސްތުވާތަކެތި ހޯދައިފި

ރާއްޖެ ސަރަހައްދުގައި ޤަވާއިދާއި ޙިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ޗެކްކުރިއިރު، އެބޯޓުން 468 ނުވަތ ބައި ޓަނެއްހާ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ބޯޓު އަތުލައިގެންފައިވަނީ ރޭގެ ވަގުތެއްގައި އެމްއެންޑީއެފުންނެވެ. ބޯޓު އަތުލައިގަތުމަށްފަހު ރޭ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު މަކުނުދޫ ބޭރުން އަތުލައިގެންފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް ކަމަށެވެ. އެ ބޯޓު ހުއްޓުވައި ކުޅުދުއްފުށި ބަނދަރަށް ގެންދިއުމުން ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓު ގާޑުން އާދީއްތަ ދުވަހުގެ ހެނދުނު ބޯޓު ބަލައި ފާސްކޮށްފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ބޯޓު ބަލައި ފާސްކުރިއިރު 468.6 ކިލޯ ނުވަތަ ބައި ޓަނުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި 344 ކިލޯ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނޭކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *