ސިންގަޕޫރުގެ ކެޕެލް ކުންފުނީގެ ސަބްސިޑަރީ އެމް-1 ޓެލެކޮމް ސިމްބާ ޓެލެކޮމް އަށް ވިއްކާލައިފި އެވެ.
ސިންގަޕޫރުގެ ކެޕެލް އިން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމް-1 ޓެލެކޮމް ވަނީ ސިންގަޕޫރުގެ ލޯކަލް ކުންފުންޏެއް ކަމަށްވާ ސިމްބާ ޓެލެކޮމްއަށް ވިއްކާލުމުގެ މުއާމަލާތަް ފަށާފައެވެ.
ރޮއިޓާސް އިން ބުނީ އެމް-1 ގެ 83.9 އިންސައްތަ އިފެކްޓިވް އޯނަރޝިޕަށް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ލިބޭނެއެވެ. މީގެ ސަބަބުން ސިންގަޕޫރުގައި ހަލުވިކަމާއެކު ފުޅާވަމުންދާ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެެ.
މި މުއާމަލާތުގެ ސަބަބުން ޑޭޓާ ސެންޓަރުތަކާއި ކަނޑުއަޑީގެ ކޭބަލްތަކަށް އެ ކުންފުނިން އިތުރު އިންވެސްޓްމަންޓްތައް ކުރާނެ ކަމަށް ބުނެފައިވެއެވެ.