ސިންގަޕޫރުގެ ކެޕެލް ކުންފުނީގެ ސަބްސިޑަރީ އެމް-ވަން ޓެލެކޮމް ސިމްބާ ޓެލެކޮމްއަށް ވިއްކާލައިފި

ސިންގަޕޫރުގެ ކެޕެލް ކުންފުނީގެ ސަބްސިޑަރީ އެމް-1 ޓެލެކޮމް ސިމްބާ ޓެލެކޮމް އަށް ވިއްކާލައިފި އެވެ.

ސިންގަޕޫރުގެ ކެޕެލް އިން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމް-1 ޓެލެކޮމް ވަނީ ސިންގަޕޫރުގެ ލޯކަލް ކުންފުންޏެއް ކަމަށްވާ ސިމްބާ ޓެލެކޮމްއަށް ވިއްކާލުމުގެ މުއާމަލާތަް ފަށާފައެވެ.

ރޮއިޓާސް އިން ބުނީ އެމް-1 ގެ 83.9 އިންސައްތަ އިފެކްޓިވް އޯނަރޝިޕަށް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ލިބޭނެއެވެ. މީގެ ސަބަބުން ސިންގަޕޫރުގައި ހަލުވިކަމާއެކު ފުޅާވަމުންދާ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެެ.

މި މުއާމަލާތުގެ ސަބަބުން ޑޭޓާ ސެންޓަރުތަކާއި ކަނޑުއަޑީގެ ކޭބަލްތަކަށް އެ ކުންފުނިން އިތުރު އިންވެސްޓްމަންޓްތައް ކުރާނެ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *