ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ދުނިޔޭގެ ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް) އަދި އޯޕެކް ޕްލަސްއިން ވަކިވާން ނިންމައިފި އެވެ.
އެ ނިންމުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެގައުމުގެ ހަކަތައާބެހޭ ވަޒީރު، ސުހެއިލް މުޙައްމަދު އަލް-މަޒްރޫޢީ ވިދާޅުވީ، މި ނިންމުން ނިންމާފައިވަނީ އޯޕެކްގެ ސިޔާސަތުތަކަށް ބެލުމަށްފަހުގައި ކަމަށާއި، އެހެން އެއްވެސް ގައުމަކުން އެކަމާ ބެހޭ ލަފައެއް ނުހޯދާފައި ނުވާނެ ކަމަށެވެ.
އަދި އެ ނިންމުމަކީ އެގައުމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށާއި، އެ ނިންމުން ނިންމެވުމުގައި ތެޔޮއުފައްދާނެ މިންވަރު ކަނޑައެޅުމުގައި މިހާރު ގެންގުޅޭ ސިޔާސަތުތަކާއި ކުރިއަށް ހުރި ސިޔާސަތުތަކަށް ފަރުވާތެރިކަމާ ބަލާފައިވާނެ ކަމަށެވެ.
އޯޕެކުން ވަކިވާން އެގައުމުން ނިންމާފައިވާ މި ދަނޑިވަޅަކީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ ބާޒާރަށް ވަރަށްބޮޑު ހީނަރުކަމެއް އައިސްފައިވާ ފދަނޑިވަޅެކެވެ.
ޔޫއޭއީގެ މި ނިންމުމާ ގުޅިގެން އޯޕެކް އަށާއި އެ ޖަމާއަތުގައި އިސްކޮށް އުޅޭ ސަައުދީއަރަބިއްޔާއަށް ވަރަށްބޮދު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.




