ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އުތީމަށް ވަޑައިގެންފި

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ. އުތީމަށް ވަޑައިގެންފިއެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކާއި ރަސްމީ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އުތީމުގައެވެ. އެގޮތުން އެ ރަށުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާނެއެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 7 ބޭފުޅަކަށާއި، އެއް ކުންފުންޏަކަށެވެ. މީގެއިތުރުން، ޚިދުމަތުގެ ޤައުމީ އިނާމު، 1 ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ނިންމަވާފައެވެ.

މި ޖަލްސާ އޮންނާނީ މިއަދު ހެނދުނު 10:00 ގައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އުތީމުގައި ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުވާދެއްވާނެއެވެ. އަދި ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ބުނެދޭ ވާހަކަ ވައުވެސް ރައީސް ހުޅުވާދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *