މުދަލު ޒަކާތުގެ ނިސާބު ދަށްކޮށްފިއެވެ.
މުދަލު ޒަކާތުގެ ނިޞާބް ބަދަލުވުމާއި ގުޅިގެން ޒަކާތުހައުސްއިން އެކަން އިއުލާނުކޮށްފި އެވެ.
އެކަން ހާމަކޮށް ޒަކާތު ހައުސްއިން ބުނީ މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބް 19،266.10 ރިފިޔާ އަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ރަނުގެ ގރާމެއްގެ އަގަކީ 2149.39 ރުފިޔާ ކަމަށާއި ރިހީގެ ގްރާމެއްގެ އަގަކީ 32.82 ރުފިޔާ ކަމަށެވެ.
ނިޞާބު ކަނޑައެޅުން: 20 އޮގަސްޓު 2026 (07 رَبِيْعُ الْأَوَّلُ 1448)https://t.co/pMo0lIOiuT#zakat #zakathousemv #maldiveszakathouse pic.twitter.com/j20qKX6N1D
— Maldives Zakat House (@ZakatHouseMv) August 20, 2026
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެންމެ ފަހުން މުދަލު ޒަކާތުގެ އަގަށް ބަދަލުގެނެސްފައިވަނީ މިދިޔަ އޭޕްރީލް 21 ގައެވެ. އޭރު ބޮޑުކުރީ، 19،527.90 ރުފިޔާއިން 21،836.50 ރުފިޔާއަށެވެ.
މުދަލު ޒަކާތް ދެއްކުމަކީ، އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ.
ރާއްޖޭގެ ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ، ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އާދެއެވެ.