މަސްތުވާތަކެތީގެ ތުހުމަތުގައި ގއ. ގެމަނަފުށި ފިރިހެނަކު ހައްޔަރުކޮއްފި

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 25 ރަބަރު ޕެކެޓާއެކު އަތުލައިގަތް ދިވެހި ފިރިހެނަކު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި، ވާދީގެ، އުމުރުން 36 އަހަރުގެ ޝިނާމް އިބްރާހީމެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީއެވެ. އެގޮތުން، ފުލުހުން އެ ސަރަހައްދަށް ދިޔައިރު އޭނާ އިނީ ގޯންޏެއްގެ ތެރެއަށް އަތްލައިގެން ކަމަށާއި، އެ ގޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓުގެ އިތުރުން، އެ ބާވަތުގެ އިތުރު 12 ޕެކެޓު ފެނިފައިވާކަމަށް ފުލުހުންގެ ބަޔާނާ ހަވާލާދީ ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އޭނާގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ޓެސްޓު ވަނީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ އޭމްޕީ، ބެންޒޯ، އޮޕިއޭޓްސް އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާއިރު، މި މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވާ ބުރާސްފަތި ދުވަހަށެވެ.

މި ފަހަކަށް އައިސް ރަބަރު ޕެކެޓުތަކުގައި މަސްތުވާތަކެތި ބަންދުކޮށްގެން ގެންގުޅުމާއި އޭގެ ވިޔަފާރިކުރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *