އިދިކޮޅު ފަރާތްތަކުން އުޅެނީ ވަކި ކަހަލަ ޕްރެޝަރުތަކެއް ސަރުކާރާ ކުރިމަތިކުރުވައިގެން ވެރިކަން ވައްޓާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު ސައްތާރު ވިދާޅުވީ ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަށް އެހެންގޮތަކަށް ރައްޔިތުންނަށް ވިސްނައިދިނުމަށް އިދިކޮޅު ސިޔާސީ ދފަރާތްތަކުން މަސައްކަތް ކުރައްވަމުންގެންދާވާކަމަށެވެ.
އެގޮތުން އެ ނިންމުންތަކާ ދެކޮޅަށް ތެދުވުމަށް ސިޔާސީ ބައެއް ބޭފުޅުން ރިސޯޓު ވެރިންނަށްވެސް ގޮވާލަމުންދާ ކަމަށާއި، މި ގަވާއިދާ ދެކޮޅު ހެދުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ.
އަދި މިދަނޑިވަޅުގައި ރައީސް ނަޝީދުވެސް ގެންދަވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ކަމަށްވިދާޅުވެ މެންބަރު ސައްތާރު ވިދާޅުވީ ޑޮލަރުގެ މައްސަލަ ފެށުނި އެމަނީކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ކަމަށެވެ.
އެހެންކަމ،ުން ޑޮލަރުގެ މައްސަލާގައި ސަރުކާރުން އަޅުއްވަމުންގެންދަފާ ފިޔަވަޅުތަކަށް ފަޑުކިތޔެނ ރައީސް ނަޝީދަށް ނޯންނާނެ ކަމަށްވެސް މެންބަރު ސައްތާރު ވިދާޅުވި އެވެ.
ޑޮލަރުގެ އަގު އުފުލެން ދޫކޮށްލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގައި ހައްލުނުކުރެއްވުނު ކަމެއް މިހާރު ހައްލުނުކުރެވޭނެކަމަށް ގަބޫލެއް ނުކުރަން". މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އަދި ރައީސް ނަޝީދު ވިދާޅުވަމުންގެންދަވާ ވަހަކަފުޅުތަކަށް ރައްދުދެއްވައި މެންބަރު އަބްދުއްސައްތާރު ވިދާޅުވީރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި ގައުމުގެ ޑޮލަރުގެ ހާލަތު މިހިސާބަށް އައީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަން ކުރެއްވި ގޮތުންކަމަށްވެސް މެމްބަރު އަބްދުއްސައްތާރު ވިދާޅުވިއެވެ.




