މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ގެ ދިން މީހަކު 10 އަހަރަށް ޖަލަށް ލައިފި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ގެ ދިންކަން ސާބިތުވެ 10 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޮޓުން ހުކުމް ކޮށްފައިވަނީ ގ.ޕެލިކަން ގޭގެ ވެރިފަރާތް އިބްރާހީމް ނާޒިމް ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އިބްރާހީމް ނާޒިމްގެ މައްޗަށް ދައުވާ އުފުލީ ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ބައެއް މަސްތުވާއެއްޗެއް ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލް ކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ޤަބޫލުކުރެވޭ ހާލު ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއްގައި އުޅޭ ފަރާތް ނުވަތަ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުމާ ގުޅިގެންނެވެ.
އެގޮތުން އިބްރާހިމް ނާޒިމްގެ މައްޗަށް އިސއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ބައެއް މަސްތުވާއެއްޗެއް ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލް ކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ޤަބޫލުކުރެވޭ ހާލު ނުވަތަ އެ ގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއްގައި އުޅޭ ފަރާތް ނުވަތަ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަކުރުމުގެ ކުށުން އިބްރާހިމް ނާޒިމް ކުށްވެރިވާ ކަމަށެވެ.




