ރާއްޖެއިން ބޭރުގައި ކިޔަވަންތިބޭ ދަރިވަރުން ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގެ އޭޓީއެމް ތަކުން ފައިފައިސާ ނަގާއިރު ނަގަމުން އައި ކްރޮސް ބޯޑަރ ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންބުނެފި އެވެ.
މި ބަދަލާ ގުޅިގެން އެ ބޭންކުން ބުނީ ޤައުމީ އެ ބޭންކުން މީގެ ކުރިން ނަގަމުން އައި ކްރޮސް ބޯޑަރ ފީ ނެގުން ހުއްޓާލުމާ ގުޅިގެން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި އެއްކޮށް ބޭނުންކުރެވޭނެ ކަމށެވެ.
އަދި އެކަމަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ވާނެކަމަށްވެސް އެ ބޭންކުން ބުނެފައި ވެއެވެ.
Studying abroad? Every withdrawal you make, stays yours. pic.twitter.com/xyU6vjt8Pt
— Bank of Maldives (@bankofmaldives) September 10, 2026
އޮޕްޝަނަލް އިޝުއަރ ފީ އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.
ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަރކާޑު) މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެއެވެ. މިކަމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް 'އޮޕްޝަނަލް އިޝުއަރ ފީ' ގެ ގޮތުގައި ނަގައެވެ.
ކްރޮސް ބޯޑަރ ފީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުޢާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ނަގަމުންދެއެވެ.




