ދީނީ، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ޚާއްޞަކޮށް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވާކަން ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު އިއުލާނުކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނުކުރެއްވީ ރާއްޖެ އިސްމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދީނީ ކަންކަމަށް ހޭދަކުރުމަށާއި އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ޚާއްޞަކޮށް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ޤައުމީ ވަޤުފު ކުންފުންޏެއް މިއަދު އުފެއްދަވާފައިވާ ކަމަށާއި، މި ކުންފުންޏަކީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ކުންފުންޏަކަށް ވާނެ އިސްލާމީ ޝަރީޢަތްކަމށް ވިދާޅުވެފައެވެ.
އެގޮތުން ހުއްދަކުރާ ވިޔަފާރީގެ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، ދީނީ ކަންކަމަށް ހޭދަކުރެވޭނެ މާލީ ވަސީލަތްތައް ފުޅާކުރުމުގެ އިތުރުން، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ދައުރެއް އެކުންފުނި އަދާކުރާނެކަން އެމަނިކުފާނު ވިދާޅުވި އެވެ.




