ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރިއަށްގެންދާ ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް ލ. އަތޮޅުގައި ފަށައިފި
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ލ އަތޮޅުގެ ރަށްތަކުން ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން ބުނީ މަހުގެ 20 އިން 24 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހަރަކާތްތެރިވާނެ ހިއުމަން ރައިޓްސް ޑިފެންޑަރުން އުފެއްދުން ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށެވެ.
Today marks Day One of HRCM’s Human Rights Defenders Program 2026, with the first session held in L. Gan. Two teams from the Commission depart for other inhabited islands of L. Atoll to conduct human rights awareness sessions #HRDP2026 #HRCM #Rightsforall pic.twitter.com/jWXfwCu4HQ
— HRC of the Maldives (@hrcmv) September 20, 2026
މީގެއިތުރުން، އެ ކޮމިޝަނުގެ 2 ޓީމަކުން ލ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި އެކި މުއައްސަސާތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.




