ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުގެ މަޤާމަށް ދ މީދޫ އަސަރީގެ އަޙްމަދު ނިޒާމް އައްޔަނުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް، ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް ވަނީ 20 ސެޕްޓެމްބަރު 2026 އިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް، ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް ވަނީ 20 ސެޕްޓެމްބަރު 2026 އިން ފެށިގެން އައްޔަނުކޮށްފައި. pic.twitter.com/1o6ftIZTcX
— Privatization & Corporatization Board (@pcb_gov) September 20, 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު ލިބިދީފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށެވެ.




