ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ "މެނޭޖްމަންޓް އޮފް ކަރެކްޝަނަލް ފެސިލިޓީސް އެންޑް ރިހެބިލިޓޭޝަން އޮފް އޮފެންޑަރސް" ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.
2026 އޮގަސްޓް 24 އިން ސެޕްޓެމްބަރު 19 ގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަމީމް އެވެ.
މި ޕްރޮގްރާމަކީ ކަރެކްޝަނަލް ފުލުހުންގެ ފެސިލިޓީތައް ބެލެހެއްޓުމާއި ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގެންގުޅޭ އެންމެ ފަހުގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ތަޖުރިބާތަކުގެ އަލީގައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ދިވެހި ފުލުހުންގެ ފަރާތުން ބުނެފައި ވެއެވެ.




