ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސް 7 އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން އެއާލައިނުން ނިންމައިފިއެވެ.
ރަޝިއާގެ ނޯވޯސިބިއެސްކްއިން ސިދާ ރާއްޖެއަށް ކުރާ މިދަތުރުތަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މިއީ ވެރިރަށް މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ އެއާލައިނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެސް 7 އެއާލައިންގެ ދަތުރުތައް ހަފުތާއަކު ހޯމަ އަދި ހުކުރު ދުވަހު ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރު7 ކަމަށެވެ.




