ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 20 ހާދިސާއަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ނެރެފައިފާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތިވެދިޔަ ހަފްތާގައި އަލިފާނުގެ 5 ހާދިސާއެއްގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައެވެ.
ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 20 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ. https://t.co/BfVtHznKDv
— Maldives National Defence Force (@MNDF_Official) October 25, 2026
އަދި ޑިޒާސްޓަރގެ 5 އިންސިޑެންޓަކާއި، މީހުން ސަލާމަތްކުރުމުގެ 5 އިންސިޑެންޓަކާއި، މެޑިކަލް އިވެކުއޭޝަންގެ 2 އިންސިޑެންޓެއްގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައެވެ.
މީގެ އިތުރުން އެލާމާގުޅޭ 2 އިންސިޑެންޓަކާއި އެހެނިހެން ކެޓަގަރީގެ 1 އިންސިޑެންޓެއްގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައެވެ.




