ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނި މިއަދުގެ ހެނދުނު 7:30 އިން މެންދުރު 13:30 އަށް ހއ އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިފގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white for heavy rain, thunderstorms and gusts of 35 mph. https://t.co/mVffziH4Jt
— Maldives Meteorology (@MetMaldives) November 9, 2026




