ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ބ އަތޮޅުންފެށިގެން ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނީ މިއަދުގެ ހެނދުނު 7:00 އިން 11:00 އަށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައި ވެއެވެ.




