ކޮޕް ސަމިޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުރުކީ އަށް ފުރާވަޑައިގެންފި އެވެ.
މޫސުމީ ބަދަލުތަކާ ގުޅޭ އެނމެ ބޮޑު ސަމިޓުކަމަށްވާ ކޮޕް 13 ސަމިޓް މި މަހުގެ 9 ވަނަ ދުވަހު ތުރުކީ ވިލާތުގައި ވަނީ ފަށާފައެވެ.
މި މަހުގެ 20 ގެ ނިއަލަށް ކުރިއަށްގެންދާ މި ސަމިޓުގައި ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ތަމްސީލުކުރާ ބްލޮކެއްގެ ތެރެއިން އެކުގައި ރާއްޖެ އިން ވަކާލާތު ކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި މުއާހަދާތައް ފުރިހަމައަށް ތަންފީޒުވަމުން އަންނަ ވަރަކަށް ރާއްޖެއަށް އޭގެ ފައިދާ ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.




