Ad
ދުއްވާފައި ދަނިކޮށް ރޯވި ކާރު. ފޮޓޯ:އެމް.އެން.ޑީ.އެފް
ދުއްވާފައި ދަނިކޮށް ރޯވި ކާރު. ފޮޓޯ:އެމް.އެން.ޑީ.އެފް

މާލޭގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

މާލޭގައި މަގުމަތީގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމް.އެން.ޑީ.އެފުން ބުނީ، މިހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުނީ މިރޭ 19:10 އެހާކަންހާއިިރު ކަމަށެވެ.

އަދި އަލިފާން ރޯވީ ގައުމީ ޔުނިވަރސިޓީގެ ދަނާލު ކުރިމަތިން ދުއްވާފައި ދިޔަ ކާރެއްގައި ކަމަށާއި، އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔުއިން މިއަލިފާން ނިއްވާލީ މިރޭ 19:18  އެހާކަންހާއިރު ކަމަށްވެސް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށްވެސް އެމް.އެން.ޑީ.އެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *