ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހުކުރު އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓް ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމާފިއެވެ.
މި ޕްރޮގްރާމްގައި ބޭންކުގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެއެވެ. އަދި މާލޭގެ 12 ސަރަހައްދެއް ސާފުކުރުމަށްވަނީ ހަމަޖެހިފައެވެ.
މިއީ ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. މީގެ އިތުރުން ސާފުކުރުމުގެ ހަރަކާތްތަކެއް ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫގެ އތުރުން ގދ. ތިނަދޫގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.





3 Responses
ހެޔޮނުވާނެ ތިބޭފުޅުންގެ ޒިންމާ ޢާދާކުރައްވާ އަޅުގަނޑުމެން ތިތާ އެކައުންޓުތަކަށްލާ ފައިސާކޮޅު ރައްކާތެރިކުރައްވާ…. މާލެ ސާފުކުރުން ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލަށް ދޫކޮށްލައްވާ …
Hahaha. What you guys will do clean the rubbish in the city and.ckean all BML. accounts money to your pockets.
ބެންކުއެކައުންޓުތައް ސާކުރުމައްފަހު ރަށުތެރެސާފުކުރުންދޯ