Advertisement
BML Home 2nd Ad

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސަރުކާރަށް ހޯދައިދިނުމަށް މިފަހަރު "ޑީޕް ސިނާ"

ނަތީޖާ ނެރުމަށް ރައްޔިތުން މަޖިލީހަށް ސަރުކާރަށް ވަފާތެރި ކެނޑިޑޭޓުން ބޭނުންވޭ

ގައުމު ހިންގަން އޮންނަ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު އޮތުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް ގައުމު ބައްޓަން ކުރުމުގައި ގާނޫނީގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަގުފަހި ކުރުމުގެ ބޭނުމުގައެވެ. ރައްޔިތުން ބޭނުންވާ ހެޔޮބަދަލު ހުރިހާ ދިމާއަކުން ގެނައުމަށެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ގޮނޑި ފާއިތުވި 20 އަހަރު ވެސް ކޮންޓްރޯލް ކޮށްފައި ވަނީ، މިހާރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީންނެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ފާއިތުވި ވިހިއަހަރު އެ ބާރުވެރިކަން އެމްޑީޕީއަށް ދީގެން ދާއިރާއަށް އެންމެ ބޭނުން ކުރިއެރުން ނުލިބުންކަމެވެ.

Advertisement
Etukuri Inside ad 300x300 Desktop

ހާލަތު ބަދަލުކޮށް މިހާރު އުފެދިފައިވާ ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް އެ ގޮނޑި ހޯދައިދީ އެ ދާއިރާއަށް ސަރުކާރާއި ގުޅިގެން ބޭނުންވާ ހެޔޮބަދަލު ގެނައުމަށް މުހައްމަދު ސިނާން (ޑީޕް ސިނާ) މި ވަނީ އެ ގޮނޑިއަށް ސަރުކާރުގެ ފަރާތުން ވާދަކުރަން ނިންމާފައެވެ.

އުމުރުން 38 އަހަރުގެ ސިނާއަކީ އެ ދާއިރާގެ ޒުވާނުންނާއި ހާއްސަ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. ފާއިތުވެދިޔަ ތަނުގައި ޒުވާނުން އެކި ދާއިރާތަކުން ބާރުވެރި ކުރުމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. ހިތަދޫ ކްލަބް ޒެފިއާގެ ރައީސްގެ މަގާމު މިހާރުވެސް ފުރަމުން އަންނަ ސިނާއަކީ، އެ ކްލަބްގެ ތެރެއިން ޒުވާނުންނަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތާއި ފުޅާ ދާއިރާއެއްގައި ޒުވާނުން ނެރެގެން އިޖުތިމާއީ ހަރަކާތްތައް ހިންގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ އަދި ކޮށްފައިވާ ފަރާތެކެވެ. ވުމާއިއެކު މިއީ ޒުވާނުންގެ ތެރޭ ހުރި މައްސަލަތައް ކައިރިން ފެނިދެނިވެ ތަޖުރިބާކޮށްފައިވާ ޒުވާނުންގެ އިހުސާސްތައް ރަނގަޅަށް ދަންނަނަ ކެނޑިޑޭޓެއް ކަމާއިމެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ.

ސިނާއަކީ 2005 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ޑައިވިންގެ ދާއިރާގައި ރިސޯޓްތަކާއި ސަފާރީތަކުގައި މަސައްކަތް ކޮށްފައުވާ ކޮލިފައިޑް ޑައިވަރެކެވެ. އޭނާ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ ޑައިވްތައް ކޮށްފައެވެ. އޭނާއަކީ ޑައިވް ޕޮއިންޓްގެ ގުދުރަތީ ނިޒާމަށް ބަދަލު އަންނާނެ ފަދަ އަމަލުތަކާއި އަބަދުވެސް ދެކޮޅު މީހެކެވެ.

މިގޮތުން އޭނާ ވަނީ ފުވައްޕުލަކުގެ ޓައިގަ ޝާކް ޕޮއިންޓްގައި އެތަކެއްޗަށް ކާންދިނުމާއި ދެކޮޅަށް މަސައްކަތް ކޮށްފައެވެ. މީގެއިތުރުން ރިސޯޓްތަކުން އެއްތަނަކަށް ޑަސްބިން އަޅައިގެން މަހަށް ކާންދިނުމާއި ޑައިވް ޕޮއިންޓްތަކަށް އެއްވެސް ރެސްޓެއް ނުދީ މެދުނުކެނޑި ޑައިވް ކުރުމުގެ ސަބަބުން ގުދުރަތީ ނިޒާމް ހަލާކުވާތީ އެކަމާއި ދެކޮޅަށް ވެސް ސިނާ ވަނީ އަޑު އުފުލައި މަސައްކަތް ކޮށްފައެވެ. ފަރުތަކުގެ ދިރުންތަކުގެ އަސްލު ނުގެއްލޭނޭގޮތަށް ޖީލުތަކަށް ދެމިގެންދާނޭހެން ކަންކަން ބައްޓަން ކުރުމުގެ ބިނާކުރުވަނިވި ވިސްނުމުގައި އޭނާއަކީ ހަމަ އެއްވަނަ ކަމުގައި ބުނަން ޖެހެއެވެ.

ރާއްޖޭގައި ޑައިވިން އެސޯސިއޭޝަނެއް އޮވެ އުސޫލްތަކެއް އެކުލަވާލެވިފައި ވީނަމަވެސް، އެ ދާއިރާގައި ގަވައިދުތަކާއި ފުށުއަރާ އަމަލުތައް ބެލެހެއްޓޭނެ ނިޒާމެއް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ނެތެވެ. ޑައިވިން އިންޑަސްޓްރީން މާލީގޮތުން ބޮޑު މަންފާއެއް ގައުމަށް ކުރަމުން އައި ނަމަވެސް ޑައިވް ކުރުމުގެ ތެރޭ ހިނގާ ހިތާމަވެރި ހާދިސާތަކުގައި ފަރުވާދެވޭނޭ އެކަށޭނަ އިންތިޒާމްތަކެއް އަދި ފެސިލިޓީއެސް ވެސް ރާއްޖޭގައި ނެތޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ. ސިނާއަކީ ޑައިވް އިންޑަސްޓްރީގެ ހާލަތު ސަރުކާރާއި ގުޅިގެން ބަދަލު ކޮށްލެވޭނެ ފަދަ ދާއިރާގެ ތަޖުރިބާ ހުރި ފަރާތެކެވެ.

މަޖިލީސްތެރޭ މަސްވެރިންގެ އަޑު އިއްވުމަށް ވެސް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ހަމަ ސިނާއެވެ. 2018 ވަނަ އަހަރު 100 ފޫޓުގެ މަސްދޯންޏެއް ގަނެ ކަޅުބިލަ މަހުގެ މަސްވެރިކަމުގައި މިހާރު ހަރަކާތްތެރި ވަމުން އަންނައިރު، އެ ސިނާއަތުގައި ހުރި މައްސަލަތަކަށް މިހާރު އޭނާ ފަރިތައެވެ. މަސްވެރިކަމުގައި ހުރި މައްސަލަތައް މަޖިލިސްތެރޭ އެންމެ ފުރިހަމައަށް އިއްވަން މަސްވެރިކަމުގައި އުޅޭ ފަރާތްތަކެއް އެތަނުގައި މިއަދު ތިބެން މިވަނީ ޖެހިފައެވެ. އެއީ ސަރުކާރާއި ގުޅިގެން މަސްވެރިކަމުގެ އިންޑަސްޓްރީގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސް ދިވެހި އާއިލާތަކުގެ ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށެވެ.

ނަތީޖާ ނެރުމަށް ރައްޔިތުން މަޖިލީހަށް ސަރުކާރަށް ވަފާތެރި ކެނޑިޑޭޓުން ބޭނުންވެއެވެ. މީގެއިތުރުން އެކިދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ބޭނުންވެއެވެ. ތައުލީމުގެ އިތުރުން ޒުވާނުންގެ ތެރޭގައު ހުރި މައްސަލަތައް ދަންނަ ޒުވާނުންނާއި ފަރިތަ ފަރާތްތައް ބޭނުންވެއެވެ. ގައުމާއި ދާއިރާގައި ހުރި މައްސަލަތައް ހައްލެ ހޯދުމުގައި މިވަގުތު ދާއިރާގައި ހުރި އެންމެ އިފެކްޓިވް ކެނޑިޑޭޓަކީ ހިތްހެޔޮ އެންމެންގެ އެކުވެރި ސިނާއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

One Response

  1. koba tha 2005 vana aharu eyna resort akah gos German firihenakaa kaiveni kohgen beyruga ulhunu vaahaka? koba tha e firihen meehaage laarin dhoani gane masthuvaathakehchah laari haradhu kuri vaahaka. Sinaa aki 100ft dhoanyeh gahnahaa thanavas meeheh nun aslu. ey hus haraan laarin kohfa huri kanthah. firihen kulhi aku majilis ah laan beynun vaane firihen kulhinge sarukaarun. dhen lalalaa

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add