ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ސްޓެލްކޯ ކުރިމަތީގައި މަގުގައި 2 ސައިކަލްޖެހިގެންނެވެ. މިހާދިސާގައި 2 ސައިކަލްގައި ތިބި 2 މީހުންނަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެސަރަހައްދުގައި އެވަގުތު ހުރި މީހަކު ބުނީ އަނިޔާވި ދެމީހުންގެ ތެރެއިން އެކަކަށް ކޮޅަށްވެސް ނުހުރެވޭކަމަށެވެ. އަނެއް މިހާގެ މޫނުމަތި ފަޅައިގެންގޮސް އިތުރު އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެދެމީހުން ހޮސްޕިޓަލަށް ގެންދިޔައީ އެވަގުތު އެސަރަހައްދަށް އައި ޕްރައިވެޓް ކާރެއްގައެވެ. ފުލުހުން މިހާރު ގެންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުނެވެ.




