ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީ އަކުން ނުބުނެއެވެ.
އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި މއ. ސީރާޒީގެ، އަލްފާޟިލާ ޢާއިޝަތު ފިފްޝީން ޢަލީ މިއަދު އެ މަޤާމުން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) March 15, 2025
ފިފްޝީން ވަނީ ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވައިފައެވެ.
ފިފްޝީން ބޭންކިން ދާއިރާގެ ކެރިއަރު ފެއްޓެވީ، ބޭންކް އޮފް މޯލްޑިވްސް ގައި 2003 ވަނަ އަހަރުގަ އެވެ. އެބޭންކުގައި އޭނާ ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވައިފަ އެވެ.
ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވާސިޓީން ބަޗެލާސް އޮފް ކޮމާސް ހާސިލްކުރައްވައިފަ އެވެ.





One Response
އަލްް ޙަމްދުު ލިއްލާހިި.