އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު އެ މަގާމުން ވަކިކޮށްފިއެވެ.
ނަމަވެސް އޭނާ މަޤާމުން ވަކި ކުރި ސަބަބެއް އަދި ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ޝަމްއާން މަޤާމުން ވަކިކޮށްފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިނޭސ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންހާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން؛ އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްގީގު ކުރަމުންދާކަން ފުލުހުން މިރޭ ހާމަކޮށްފައި ވަނިކޮށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ތަހްގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު މައުލޫމާތު ހާމަ ކުރަމުންދާނެ ކަމަށެވެ.




