މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ފަރާތްތަކަށް ހޭހަންކޮށްދިނުމުގައިވެސް މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއްކަމަށެވެ. އަދި މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި ޢާއިލާއަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
— Dr Mohamed Muizzu (@MMuizzu) March 21, 2025
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަށް މައަހަރު ކަނޑައަޅާފައިވަނީ "އިމް އަވަރ ސަޕޯޓް ސިސްޓަމް" މި ޝިޔާރެވެ. މިޝިޔާރުން ބާރުއަޅަނީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ހައްގުވާ އެކަށީގެންވާ ފަރުވާއާއި ތައުލީމާއި ފުރުޞަތުތައް ލިބޭނެ ގޮތް ހެދުމަށް ވަށައިޖެހޭ ސަޕޯޓް ސިސްޓަމްތައް ހަރުދަނާކުރުމުގެ މުހިންމުކަމަށެވެ.
ޑައުންސިންޑްރޯމަކީ އުފެދުމުގައި ހުންނަ އައިބެކެވެ. ޑައުންސިންޑްރޯމް ޖެހުމަށް މެދުވެރިވަނީ ކްރޮމޮޒޯމަށް ދިމަވާ އުނިކަމެއްގެ ސަބަބުންނެވެ. އާދައިގެ ކުއްޖެއްގެ ހަށިގަނޑުގައި ކޮންމެ ކްރޮމޮޒެމެއްގެ ޖޯޑެއް ހިމެނޭ އިރު ޑައުންސިންޑްރޯމް ހުންނަ ކުއްޖެއްގެ ހަށިގަނޑުގެ އެކާވީސްވަނަ ކްރޮމޮޒޯމްގައި ޖޯޑަކަށްވުރެ އިތުރަށް އެއް ކްރޮމޮޒޯމް އިތުރުވުމުންނެވެ. ނަތީޖާއެއްގެ ގޮތުން މިކުދިންގެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުރެއެވެ.





One Response
ތިޔަވިދާޅުވާބަސްފުޅުތެދުނަމަ މުސްކުޅިންގެޙާލަތަށްހެޔޮބަދަލެއް ގެނެސްދެއްވަންޖެހޭ ބަލިވެގެންމާލެދަނީ ހަފުތާޔަކުން ޑޮކުޓަރައްދައްކައިމުޅިންނުނިމޭފަހަރުގިނައީ ކޮޓަރިޔެއްލިބެނީ 500 ރުފިޔާއަށް އަދިޓެކުސީދަތުރާއި ކެއުމުގެޚަރަދުކޮބާ ޑޮކުޓަރައްދައްކާފައިރަށްއާދެވޭިރުގިނަފަހަރަށް އޮންނަނީމުސްކުޅިންނަށްލިބޭ އލަވަންސްގެ 5000 ރުފިޔާހުސްވެފައި މިހިސާބުންމިޖެހެނީ ހަދާނީކިހިނެއްބާގެ ޑުރާމާގައިބައިވެރިވާން